- Advertisement -ad image

ގާޒީ ސްކޫލް ޓީޗަރަކު ކުޑަ ފިރިހެން ކުއްޖަކާ ބެހެނު މައްސަލައެއް ފެންމަތިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލްގެ ފިރިހެން ޓީޗަރަކު ކުޑަ ފިރިހެން ކުއްޖަކާ ބެހެނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ ފިރިހެން ޓީޗަރު ހިފަހައްޓައިގެން ފޭސް ޓޫގައި ބަޔަކު ވަނީ އެމީހާ އާއި ސުވާލު ކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި އެ ފިރިހެން މީހާ ބުނެފައިވަނީ އޭނާ އެއް ކުއްޖަކާ ބެހުނު ކަމަށެވެ.

އެތަނުގައި ތިބި މީހުން ބުނަމުންދަނީ އެކުއްޖާ އާއި މި މީހާ ބެހިފައިވަނީ ޓިއުޝަން ނަގައިދޭނެ ކަމަށް ބުނެ ގެންގޮހެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ މިރޭ ދިހައެއް ޖެހިއިރު ފޭސް ދެއެއްގައި މީހަކަށް އަނިޔާކުރާ މައުލޫމާތެއް ލިބިގެން އެތަނަށް ދިޔަ ކަމަށާއި 29 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި ކަމަށެވެ.
އަދި އެ މީހާގެ މައްޗަަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ފިރިހެން މީހާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް މިމަހުގެ 15 ވަނަ ދުވަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ