- Advertisement -ad image

ކުޑަ ފިރިހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ޓީޗަރު ހުރީ ސަސްޕެންޑްކޮށްފައި: އެޑިއުކޭޝަން

ad image

ގުޅުންހުރި ލިޔުންތައް

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް ދެއެއްގައި އާއްމުން ނިކުމެ ހަވަރަށް ދިން ޓީޗަރު ހުރީ ސްކޫލަށް ނުދެވޭ ގޮތަށް ސަސްޕެންޑް ކޮަށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރޭ އިރާކޮޅު އާއްމުންގެ ބަޔަކު ނިކުމެ ވަނީ ގާޒީ ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ޖިންސީ ގޯނާ ކުރިންތޯ އޭނާ އާ ސުވާލުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެއް ކުއްޖަކަަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވައިބަރ ގްރޫޕުގައި ބުނެފައިވަނީ ޓިއުޝަން ނަގައިދިނުމަށް ކަމަށް ބުނެ ގެއަކަށް ގެން ގޮސް ޓީޗަރު އެކުއްޖާއަށް ބަދުއަހުލާގީ ވީޑިއޯ ދެއްކި މައްސަލައެއް ވަނީ މިމަހުގެ 17 ގައި ހުށަހެޅިފައިވާ ކަމަށެވެ.

އަދި ހަމަ އެ ދުވަހު ޓީޗަރު ވަނީ ސްކޫލަށް ނުދެވޭ ގޮތަށް ސަސްޕެންޑްކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައި ކަމަށް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް ދެއެއްގައި އަނިޔާކުރި 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ތުހުމަތުވާ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެކަހަލަ ކޮންމެ އަމަލެށް ހިންގާއިރަށް ބުނާނެ އޭނާ ސަސްޕެންޑު ކޮއްފީމޭ ބަލަ އެކަހަލަ އަމަލު ހިންގާމީހުންނާ ދޭތެރޭ ހަރުކަށު ފިޔަވަޅު ނޭޅެނީކީއްވެ މިކަހަލަ މިނިސްޓަރުން މަގާމުންދުރުކުރަންވީ އަހަރުމެންގެ ޅަދަރިން ހަލާކުވާއިފުވެސް އޭނަ ސަސްޕެންޑުކޮއްފީމޭ ބުނީމަހަމައެއްނުޖެހޭނެ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ