- Advertisement -ad image

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއްވާން ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމަށް ޏ.ފުވައްމުލައް، މާލެގަން. މެލޯ މިްވާން މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއްވާން މުޙައްމަދު މި މަގާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު މަބްރޫކް ޢަޒީޒް އިސްތިޢުފާ ހުށަހެޅުއްވުމާއިގުޅިގެންނެވެ.

މިބަދަލާ ގުޅިގެން، މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، މިއްވާން މުޙައްމަދު ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމަށް މިއްވާން މުޙައްމަދު ޢައްޔަންކުރެއްވުމުގެ ކުރިން މިއްވާން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަގާމު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ