އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވުމުން ނުނިމޭނެ ކަމަށާއި ސަރުކާރުގެ ޖަރީމާތައް ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މާދަމާއިން ފެށިގެން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީކަމުން ސުހެއިލް ރިޓަރ ކުރައްވާތީ އެކަމަށް އިޝާރާތްކޮށް ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ، އަސްލުވާ ގޮތަކީ ރައީސް ސާލިހުގެ ދައުރު ނިމޭތީ ގާނޫނާ ހިލާފަށް ކޮރަޕްޝަންގެ އެތައް ޖަރީމާއެއް އެޗްޑީސީ މެދުވެރިކޮށް ހިންގަން ސަރުކާރުން ބޭނުންވަނީ ކަމަށެވެ.
އެހެންކަމުން އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވުމުން ޒިންމާ އަދާ ކުރެއްވުނީ ކަމަށް ނުވާނެ ކަމަށާއި ސަރުކާރުގެ ޖަރީމާތައް ހުއްޓުވަން މަސައްކަތްވެސް ކުރަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސުހެއިލް އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ ސަރުކާރުގެ ބައެއް ނިންމުންތަކާއި ކުންފުނީގެ މުސްތަޤުބަލާ ގުޅޭ ބައެއް ކަންކަމުގައި ސަރުކާރާ ސުހައިލާ ދެމެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އޭނާ މަޤާމުން ވަކިކުރަން ސަރުކާރުންވެސް ވިސްނަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިބައިގަނޑު ވަކިވެގެނެއްނުދާނެ އެއައްވުރެ މަތީމަގާމެއްދީފަ ރައްޔިތުންނަށް ދުއްތުރާކުރަނަ ބައިތިއްބާނެ