- Advertisement -ad image

ފުލުހުންގެ އިންޒާރެއް! މައްސަލަތަކުގެ ތުހުމަތުވާ މީހުންނަށް އަނިޔާ ކުރާނަމަ، ފިޔަވަޅު އަޅާނަން

ad image

ގުޅުންހުރި ލިޔުންތައް

ޖިނާއީ މައްސަލަތަކުގެ ތުހުމަތުވާ މީހުންނަށް އަނިޔާ ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުންދީފިއެވެ.

ފުލުހުން މިރޭ ބުނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވީ ހިނދު، އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ ފުލުހުން ނުހަނު ކަންބޮޑޫވާ، މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގާދާނެފަދަ އަމަލުތަކެއް ކަމަށެވެ.

އަދި އެހެންކަމުން، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ކަމަށްބުނެ ފުލުހުން ވަނީ އާއްމު ރައްޔިތުންނަށް އިންޒާރުވެސް ދީފައެވެ.

ފުލުހުން މިގޮތަށް ބުނެފައި މިވަނީ ފަހަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ބައެއް މީހުންނަށް އާއްމުން ނިކުމެ އަނިޔާކޮށް ހަދާފައިވާތީއެވެ. އެގޮތުން ރޭ ވެސް ވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ގާޒީ ސްކޫލްގެ ޓީޗަރަކު ނެރެ އޭނާ އަށް އަނިޔާކޮށް ހަވަރަށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ރަނގަޅޭ މިހާރުވެސް އުދުހިފަކައި ނޫނޭ ތިޔައުޅެނީ.. ފިޔަވަޅު އަޅާލަ އަޅާލަ ޔޭ ތިޔަތިބެނީ.. މިގައުމު ހަލާކު ކުރަނީ ފުލުހުންނާއި ގާޒީން

  2. ނުވާނެ ތިޔަމީހުންނަކަށް ތިކަމެއް…….ގާތްމީހާ ކުރީމާ އޭނާ ސަލާމަތްކުރަން ދުވާނީ…..ގިރިޔަށް އެރީމާ…..ރޭޕު ހިންގީމާ ވީގޮތް އެނގޭ…..ޙައްލަކީ ޢުމަރު.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ