- Advertisement -ad image

ޖިންސީ ގޯނާގެ ތުހުމަތުވާ ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ގާޒީ ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ 12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވާ ފިރިހެން ޓީޗަރުގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ 29 އަހަރުގެ ފިރިހެން ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކަމަށެވެ.

ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ޓީޗަރުގެ މައްސަލަ މިމަހުގެ 15 ވަނަ ދުވަހު ފުލުހަަށް ހުށަހެޅި ކަމަށެވެ. މިކަމާ ގުޅިގެން ބަޔަކު މީހުން ވަނީ އެ ޓީޗަރު ހަވަރަށްދީފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި އެއް ކުއްޖަކާ ބެހުނު ކަމަށް ޓީޗަރު ވަނީ އެއްބަސްވެސް ވެފައެވެ.

މިމައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރުގެ މައްސަލަ މިމަހުގެ 17 ވަނަ ދުވަހު ހުށަހެޅުމުން ޓީޗަރު ސްކޫލަށް ކިޔަވައިދޭން ނުދެވޭގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ