- Advertisement -ad image

އިންސްޕެކްޓަރ ކޯސް ފުރިހަމަކޮށް، 48 އޮފިސަރުން ދަސްވެނިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިންސްޕެކްޓަރ ކޯސް ފުރިހަމަކޮށް، 48 އޮފިސަރުން ދަސްވެނިވެއްޖެއެވެ.

ހަތް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މުހިންމު ގާނޫނުތަކާއި ފުލުހުންގެ ގާނޫނު އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން، ސެކިއުރިޓި އެންޑް އެޕަރޭޝަންސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

އެ ކޯހަށް ބައިވެރިން ހޮވާފައިވަނީ ކޯހުގައި ބައިވެރިވުމަށް ހަދަންޖެހޭ އިމްތިހާނެއް ހެދުމަށް ފަހު ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންސްޕެކްޓަރ ކޯހުން އެއް ވަނަ އަށް ގޮސްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުފްލިހް އިބްރާހީމްއެވެ.

ދެ ވަނަ އަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ހޮވިފައިވާއިރު ކޯހުގެ ތިން ވަނައަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުަހައްމަދު އަފީފްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ