- Advertisement -ad image

މިހާ އަގުބޮޑުކޮށް، މިހާ ދަރަނިވެރިކޮށް ދައުލަތް ނިކަމެތި ކުރި ހާރިޖީވަޒީރެއް ނެތް: ޖާބިރު

ad image

ގުޅުންހުރި ލިޔުންތައް

މިހާ އަގުބޮޑުކޮށް، މިހާ ކޮސްޓް ހައިކޮށް، މިހާ ދަރަނިވެރިކޮށް ދައުލަތް ނިކަމެތި ކުރި ހާރިޖީ ވަޒީރެއް ރާއްޖޭގެ ތާރީހުގައި ދެކެވަޑައިގަންފައި ނުވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާަޅުވީ، ހާރިޖީ ވަޒީރު ޝާހިދުގެ ސިޔާސީ ބާރުވެރިކަމުގައި އޭނާ އާއި ނުލާ ރާއްޖޭގެ ރައީސްކަން ނުކުރެވޭނެ ކަން ގަބޫލު ކުރާ ރައީސަކު ހުރެގެން ގައުމު ކުރިއަށް ނުދާނެ ކަމަށެވެ.

ޝާހިދަކީ ވަގެއް ކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލު ކުރޭ. އެއީ މައުމޫނު އިރުއްސުރެ އޭނާ ވައްކަން ކުރަމުން އަންނާތީ. ޝާހިދަކީ ރައީސުލްޖުމުހޫރިއްޔާ ލިޔާ ސިޓީގެ ޖަވާބު 3000 ރުފިޔާ އަށް ރައްޔިތުންނަށް ވިއްކި މީހެއް.

އަބްދުالله ޖާބިރު

ޖާބިރު ވަނީ ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުތޯ ނުވަތަ އިންޑިޔާގެ ހާރިޖިއްޔާގެ ބޭފުޅެއްތީ ބައެއް ފަހަރު ސާފު ނުވާ ކަމަށްވެސް ވިދާޅުވެފައެވެ. މުޅި ތާރީހުގައި އަޅުގަނޑުމެނާއި ހަމައަށް ގެނެސްދިން ގައުމު ޝާހިދު ވަނީ ބިރިޔާނީއަކަށް ވިއްކާލާފައި ކަމަށާއި އެންމެ ގައުމަކަށް ބަރޯސާވާ މިންވަރު އިތުރުވެފައި މިވަނީ ޝާހިދު އަށް ބައި އަޅާތީތޯ އާ މެދު ޖާބިރު ސުވާލު އުފެއްދެވިއެވެ.

ޝާހިދު ހުންނެވީ ރާއްޖޭގެ ހާރިޖީ ވަޒީރަކަށް ނަމަވެސް ޔޫއެންގެ ވެރިއަކަށްވެ ވަޑައިގެންނެވި ފަހުން ޝާހިދު ރާއްޖޭގައި އުޅުއްވަނީ ވަރަށް މަދުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ