ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އިންޑިއާ އަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ނަޝީދު އިންޑިއާ އަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.
އެހެންކަމުން ނަޝީދުގެ މު ދަތުރުފުޅުގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެއެވެ. ނަޝީދު ވަނީ އިންޑިއާގައި ކުރިއަށް ދިޔަ ސަމިޓަކަށް މިއަހަރުގެ އެޕްރީލް މަހު ރަސްމީ ދަތުރުފުޅެއް އިންޑިއާއަށް ކުރައްވާފައެވެ.
މި ސަރުކާރު ހިންގަމުން އަންނަނީ އިންޑިއާއިން ބުނާ ގޮތަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ އެކި ތުހުމަތުތައް އަބަދުވެސް ކުރަމުންނެވެ.