- Advertisement -ad image

އަލަމްގިރީގެ ޝަރީއަތް މިއަދު ހަވީރު، ބަޔާން ލީކުވުމުން ފުލުހުންގެ ކަންބޮޑުވުން!

ad image

ގުޅުންހުރި ލިޔުންތައް

ދިވެހި ގިނަ ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރީގެ ޝަރީއަށް މިއަދު ހަވީރަށް ތާވަލްކޮށްފައިވާއިރު، އަލަމްގިރި ތަހްގީގަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ބަލާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ

އަލަމްގިރީގެ ބަޔާން ލީކުކޮށްލާފައިވަނީ ރޭ އިރާކޮޅު ސޯޝަލްމީޑިއާ ޕްލެޓްފޯމެއްގައެވެ. ހަ ސޮފްހާގެ މި ދިގު ބަޔާނުގައި އޭނާ އެއް ޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވަނަވަރާއި, އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ.

އޮންލައިން ނޫހަކަށް ދީފައިވާ އިންޓަރވިއުއެއްގައި ސީޕީ ވިދާޅުވީ މިހާތަނަށް ވެސް އެ ބަޔާން އޮތީ ފުލުހުންގެ ތެެރޭގައި ކަމަށާއި ނަމަވެސް ބަޔާން ލީކުވެފައިނުވާ ކަމަށެވެ. އެކަމަކު އަލަމްގިރިގެ ޝަރީޢަތް މިއަދަށް ތާވަލްކޮށްފައިވަނިކޮށް ބަޔާން ލީކުވުމަކީ ކަންބޮޑުވާކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ އިތުރުން ކްރިމިނަލް ކޯޓާއި, ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި, އަލަމްގިރީގެ ދިފާޢީ ވަކީލު އަތުގައި އެ ބަޔާން އޮންނާނެ ކަމަށާއި, އެހެންކަމުން ލީކްވެގެން އުޅެނީ ކޮން ދިމާއަކުންކަން ޔަގީންކުރަން ނޭންގޭނެ ކަމަށާއި, އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.

އަލަމްގިރީގެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 16:00 އަށެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ