ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ފްލެޓާއި ގޯތި ދެމުންދާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ފަނޑިޔާރުންނަށް އިނާޔަތް ބޮޑުކޮށް ބިމާއި ފްލެޓް ލިބޭ އިސްލާހެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.
އެގޮތުން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ފުލެޓާއި ގޯތިދީ ޖުޑިޝަރީގެ ތަމްރީނުތައް އިންޑިޔާއިން ދަނީ ހިންގަމުން ކަމަށެވެ.
އަދި ވެރިކަންކުރާ ޕާޓީގެ އިސްވެރިން އިންޑިޔާއަށް ހާޒިރުކޮށް ރައީސް ޔާމީން ޖަލަށް ލުމަށް އަމުރު ކުރަމުންދާ ކަމަށާއި އަޅުދާސްތު ވާނީ މިހާކައްވަރަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފެންނަމުން މިދަނީ ފަނޑިޔާރުގޭގެ އިންސާފުވެރިކަން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ ޝާހިދުވެސް މިވަގުތުވެސް ހުންނެވީ އިންޑިއާގައި ކަން ފާހަގަކުރެވެއެވެ.
ވަރަށް ވެސް ރަނގަޅު ވާހަކަފުޅެއއތި ވިދާޅުވީ ޝިޔާމް.