- Advertisement -ad image

ވެލާނާ އެއަރޕޯޓުން ހައްޔަރު ކުރި ދެ ބިދޭސީންގެ ބަންދަށް ދިހަ ދުވަސް ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އާދިއްތަ ދުވަހު ފުލުހުން ހައްޔަރު ކުރި ދެ ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެއަރޕޯޓްގައި ވެރިއަކު ނެތި ދޫކޮށްލާފައި ލަގޭޖެއް ހުރިކަމުގެ މައުލޫމާތު ލިބިގެން އޮގަސްޓު 28 ވަނަ ދުވަހު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި ލަގޭޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އިންކަން އެނގުމާ ގުޅިގެން ލަގޭޖު ބެހެއްޓިފަރާތަކީ ކާކުކަން ބެލުމަށްފަހު، އިތުރު ބައެއްކަންކަން ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި 2 ބިދޭސީން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެ ދެ ބިދޭސީންގެ 2 ބަންދަށް 10 ދުވަސް މިއަދު ކޯޓުން ވަނީ ދީފައެވެ..

މި މައްސަލަ ދަނީ ފުލުހުން ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ