- Advertisement -ad image

އުނގޫފާރުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރ އުނގޫފާރުގައި ފީނަން ގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އުނގޫފާރުގައި ފީނަން ގޮސް އުޅުނު މީހަކު ގެނބިފައިވާ ކަމަށް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

އަދި މިހާދިސާގައި ނިޔާވެފައި ވަނީ 25 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ