- Advertisement -ad image

ރާފިއު އުޅޭ ތަނެއް ނޭންގޭތީ ހޯދަން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާފިއު އުޅޭ ތަނެއް ނޭންގޭތީ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއެކު އެއް ޖިންސުން ގުޅުން ހިންގި ވީޑީއޯއެއްގައި ފެންނަ ކަމަށް ތުހުމަތު ކުރެވޭ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިއު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާފިއުއާ ގުޅޭ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ރާފިއު އުޅޭ ތަނެއް އެނގޭ ފަރާތެއް ވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ބަދު އަމަލު ހިންގަމުންދާ ވީޑިއޯތަކުގައި ފެންނަ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ރާފިއުގެ ވީޑިއޯ ލީކުވުމުގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ރާފިއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު 14:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިން އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ