- Advertisement -ad image

ޕޯސްޓްގެ ޒަރީއާއިން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ޕޯސްޓްގެ ޒަރީއާއިން ރާއްޖެއެތެރެ ކުރަން އުޅުނު އެއްމިލިއަން ރުފިއާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ 29 ޖޫން ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރި އިރު މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.

އަތުލައިގަނެވުނު މަސްތުވާ ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 526 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީގެ އަގު އެއްމިލިއަން ރުފިއާ އަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ