- Advertisement -ad image

ގާސިމްގެ ދަރިފުޅު ވިއަސް މީހެއްގެ ކަރަށް ވަޅިޖެހުމުން އެ މައްސަލަ ނުބެލެންވީ ކީއްވެ: ޖާބިރު

ad image

ގުޅުންހުރި ލިޔުންތައް

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިފުޅު ވިއަސް މީހެއްގެ ކަރަށް ވަޅިޖެހުމުން އެމައްސަލަ ބަލަން ޖެހޭނެ ކަމަށް ކާށިދާު ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ، ގާސިމް އިބްރާހިމްގެ ދަރިފުޅު މަރްޔަމް ސަމާ ގާސިމް ކުރީގެ ފިރިމީހާގެ ކަރަށް ވަޅި ޖަހައިފި ކަމަށާއި, އެކަން ނުބެލެންވީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

ޖާބިރު ވިދާޅުވީ މިފަދަ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަމަށާއި ޤާސިމްގެ ދަރިފުޅު އޭނާ ވަރިކުރި ކުއްޖާގެ ކަރަށް ވަޅި ޖެހިއިރު މިކަން އެއްވެސް ތަނަކުން ނުއެއްބެލޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ މީހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި, އަދި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެއީ ފާސާވެރި ެެ

    ވެފާކޯލިސަންގާހިމެނޭތި ވަކިބަޔަކަން ވަކިގޮތެއް ނުރުހޭމީހެއްވިއްޔާ ދައުރު ނިމެންދެން އެމީހަކުއުޅެއްޖެހޭނީ ޖަލާކޯޓުގަ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ