މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުالله އަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެެއެެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފެއްދުމަށް ގޮވާލާ އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ، ސިޔާސީ ކަންކަމުގަ މިހާރު ތިބި ފަރާތްތަކަކީ ބަޣާވާތެއްގެ ތެރެއިން އައިސް ތިބި ބައެއް ކަމަށާއި ހޯމް މިނިސްޓަރުކަން ކުރަން ހުންނެވީ ރަށުތެރޭގަ ނުވަތަ ރައްޔިތުންގެ ކުރިމަތީގަ މިވެނި މީހަކު, އަފްރާޝީމު ގަތުލުކުރީ މިވެނި ބައެކޭ ބުނެފަ އަނެއްކާ ދެވަނަ ފަހަރަށް އެއީ އެބައެއް ނޫނޭ އެހެން ބައެކޭ ކިޔާފަ ވާހަކަދެއްކި މީހުން ކަމަށެވެ.
މެންބަރު ރަޝީދު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާވެސް ހޯމް މިނިސްޓްރީން ބަލަމުން ނުދާ ކަމަށާއި އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ތަންފީޒުކުރަންޖެހޭ ޤާނޫނުތައް ތަންފީޒު ކުރަމުން ނުދާކަމަށެވެ.
ވަހީދު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް އުފައްދާ މި ޖަމާއަތް ނޫނީ ފައުޖުން ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ލާޒިމް ކުރާނެ ކަމަށެވެ.