- Advertisement -ad image

ހިތަދޫ ގެއަކުން ވަގަށް ނެގި ތިޖޫރީ ވަޅުލާފައި ހުއްޓާ ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ ހިތަދޫއިން ހުޅަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަކާ ގުޅިގެން އެ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައިފިއެވެ.

އެގޮތުން، ގެއަކުން ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ތިޖޫރީ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ތިޖޫރީވަނީ ހޯދާފައެވެ. އެ ތިޖޫރީ ހޯދާފައިވަނީ އެ ރަށު ފަޅު ތަނެއްގައި ވަޅުލާފައިވަނިކޮށެވެ. ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި ޑޮރަލު ތަކަކާއި ޗެކް ފޮތްތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހުއްޓެވެ.

އަދި މި މަހު 30 ވަނަ ދުވަހު ސައިކަލެއް ވަގަށްނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސައިކަލު ހޯދުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އެ ރަށު ފަޅު ގެއެއްގައި، ސައިކަލު ރޫޅާލާފައި ހުއްޓައިވަނީ ހޯދާފައެވެ.

އޭގެ އިތުރުން، މި މަހު 29 ވަނަ ދުވަހު ހިތަދޫ ގެ އަކުން އޭސީ އައުޓް ޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވެއެވެ. އެ މައްސަލައާ ގުޅިގެން އޭސީ އައުޓް ޑޯ ޔުނިޓް ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް، ދެ މީހަކު އެ އަންދާލުމުގެ މަސައްކަތްކުރަމުން ދަނިކޮށްވަނީ ފެނިފައެވެ. އެ މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ