- Advertisement -ad image

ގާފަރު ފަރަށް އެރި ބޯޓު އަޑިއަށްގޮސް، މުދަލާ ލަކުޑި އޮޔާދާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ކ. ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު، މާލެއިން ފުރައިގެން ނ. ލަންދޫއަށް ދަތުރު ކުރަމުންދިޔަ “ލަންދޫ ބޯޓު” ދިޔަވެ، ކ. ގާފަރު ފަރަށް އެރުމާާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ އެ ހާދިސާ ދިމާވި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދިޔަ “ލަންދޫ ބޯޓު” ދިޔަވެ ކ. ގާފަރު ފަރަށް އަރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ މުއައްސަސާ ތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ