- Advertisement -ad image

ޔުނިވަރސިޓީ ލެކްޗަރާއިންނާއި މުވައްޒަފުންނަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް!

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގައި ކިޔަވައިދެއްވާ ލެކްޗަރާއިންނާއި މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަރުކާރުން ދާދިފަހުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭ މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް މުސާރަ ބޮޑުކޮށްފަ އެވެ.ސަރުކާރުން ތައުލީމީ ދާއިރާގައި މަސައްކތް ކުރާ އެންމެންގެ މުސާރަ ބޮޑުކުރާނެ ކަމަށް އޭރު ބުނި ނަމަވެސް އަލަށް އެކުލަވާލި މި އޮނިގަނޑުން ވަނީ ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރާއިން އަދި މުވައްޒަފުން ވަނީ އިސްތިސްނާ ކޮށްފައެވެ.

އެމްއެންޔޫގެ ކައުންސިލުގައި ތިއްބަވާ މުވައްޒަފުން ތަމްސީލުކުރައްވާ މަންދޫބުން ވަނީ މެއި މަހުގައި މުވައްޒަފުންނާއި ލެކްޗަރާއިންރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ބައްދަލުކުރަން އެޕޮއިންޓްމަންޓަކަށް އެދި ސިޓީއެއް ވަނީ ފޮނުވާފަ އެވެ. އެހެންނަމަވެސް މިއަދާއި ހަމަޔަށް މި ސިޓީގެ ޖަވާބެއް ލިބިފައި ނުވާކަމަށް އެމްއެންޔޫގެ ކައުންސިލުގައި ތިއްބަވާ މުވައްޒަފުން ތަމްސީލުކުރައްވާ މަންދޫބުން ވަނީ ބުނެފަ އެވެ. އަދި މިކަމާއި ގުޅިގެން އިތުރަށް ކަންބޮޑުވުންފާޅުކޮށް ކައުންސިލުގައި ތިއްބަވާ މުވައްޒަފުން ތަމްސީލުކުރައްވާ މަންދޫބުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް ވެސް ސިޓީއެއް ފޮނުވާފައެވެ.

ކައުންސިލްގައި ތިއްބަވާ މުވައްޒަފުން ތަމްސީލުކުރައްވާ މަންދޫބުން ފޮނުވި މި ސިޓީގައި ވަނީ އެމްއެންޔޫގައި ކިޔަވައިދެއްވާ ލެކްޗަރާއިންނާއި މުވައްޒަފުން މުސާރަ އާއި ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް ނީވުނު ކަމަށް ބުނެފަ އެވެ. އަދި މީގެކުރިން އެމްއެންޔޫގެ މުވައްޒަފުންނާއި ލެކްޗަރާއިން ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަހަރު އިހްތިޖާޖް ވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް މުސާރައިގެ ކުރިއެރުން ނުލިބުމުން ފޮނުވި ސިޓީއާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ ކައުންސިލުގައި ތިއްބަވާ މުވައްޒަފުން ތަމްސީލުކުރައްވާ މަންދޫބުންނާއި ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެމްއެންޔޫގައި މަސައްކަތްކުރާ މީހުންގެ ފަރާތުން ފޮނުވި ސިޓީއަށް ރައްޔިތުންގެ މަޖިލީހުން ދިން ޖަވާބުގައި ވިދާޅުވެފައި ވަނީ އެކަމުގައި ގޮތެއް ނިންމަން ޖެހޭނީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ކަމަށެވެ. އަދި އެފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދަން އަންގާފަ އެވެ.

އެމްއެންޔޫގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެދުމުން އެކަން ނިންމާނީ ޕޭ ކޮމިޝަނުން ކަމަށް ސަރުކާރުން ވިދާޅުވާތީ އެކަމުގެ ކަންބޮޑުވުންތައްވެސް އެ ސިޓީގައި ވަނީ ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ