- Advertisement -ad image

ކުށްކުރާ މީހުންނަށް އަނިޔާކުރާ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެއް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

އެކި ކަހަލަ ކުށްތައް ކުރާ މީހުންނަށް ރައްޔިތުން އަމިއްލައަށް ނުކުމެ އަނިޔާ ނުކުރުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ ޞުލްހަވެރި މުޖްތަމައެއް ބިނާ ކުރުން މި މައުޟޫގެ މައްޗަށެވެ. ހުތުބާގައި ވަނީ މުޖުތަމައުގައި މިފަހަކަށް އައިސް ކުށްކުރާ މީހުންނަށް އަނިޔާ ކުރާ މަންޒަރު ފެނުމަކީ ހިތާހުރި ކަމެއް ކަމަށެވެ. ހަމައެހެންމެ، ކުށްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަކީ ކަމާބެހޭ ފަރާތްކުގެ ޒިންމާއެއް ކަމަށާއި، އެކަން ތަންފީޛު ކުރާނީ އެކަމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އަންގަވާފައިވަނީ ކަމުވޮށިގެންވާ މީހުންނާއި މަޝްވަރާކޮށްގެން ކަމުން، އިސްލާމް ދީނުގައި ކަންކަން ހައްލުކުރުމަށް اللہ تعالی އަންގަވާފައިވާ ރިވެތި ގޮތްތަކަށް އަމަލުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ. اللہ تعالی ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

“އަދި އެއުރެންނީ، އެއުރެންގެ ވެރި ރަސްކަލާނގެ އަށް އިޖާބަދީ، އަދި ނަމާދު ޤާއިމު ކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީމަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާންގެ އެ އުރެންނަށް ދެއްވި ތަކެތިން، އެ އުރެން ހޭދަކުރެތެވެ.”

ހުތުބާގައި ވަނީ ކޮންމެ ކަމެެއްގެ ހައްލަކީ އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާކުރުމާއި، ހުތުރުބަހުން މުހާތަބްކުރުމާއި، ސޯޝަލް މީޑިޔާގައި ހަގީގަތާއި ހިލާފު ހުތުރުކަންބޮޑު ވާހަކަތައް ފެތުރުމާއި، ކުށް ހޯދުންކަމަށް ވާނަމަ އެ ދެވެނީ އަންނަން އޮތް ޖީލުތަކަށް ވަރަށް ހުތުރު ނަމޫނާއެއް ކަމަށެވެ. އަދި ކީރިތި ޤުރުއާނުގައި އައިސްފައިވާ އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަތަކުން އިބްރަތް ހޯދުމަށްވަނީ ހުތުބާގައި ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.

    ****ބަލަ ބީތާވެފަތަ ތިޔަތިބީ…..!ދީނުގެ މަގަށް ގައުމު ސީދާ ކުރާން މަސައްކަތް ކުރާ މީހެއްގެ ފަހަތަށް އަރައިގެން ނޫނީ މިގައުމުގައި މިހިނގާ ދީނާޚިލާފު ކަންކަމެއް ނުހުއްޓުވޭނެކަން ނޭނގެނީތަ؟މަންމަންވެފަތަ އަހަރެމެން މިތިބީ؟

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ