- Advertisement -ad image

ހަތް އަހަރު ފަހުން، ރައީސްގެ ލޯންޗްކޮޅު ދުއްވަން ތިން ކެޕްޓަނުން ހޯދަން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމޫރިއްޔާ ބޭނުން ކުރައްވާ ރިޔާސީ ލޯންޗްކޮޅު ދުއްވާނެ ކެޕްޓަނުންގެ ވަޒީފާއަށް ތިން މީހަކު ހޯދަން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެގޮތުން ކޮންޓްރެކްޓް އުސޫލުން މި މުވައްޒަފުން ވަޒީފާއަށް ނެގުމަށް އިއުލާން ކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ނަމަވެސް ވަޒީފާއަށް ނަގާ ތިން ކެޕްޓަނުންނާއެކު ކޮންޓްރެކްޓް ހަދާނެ މުއްދަތެއް އިއުލާނުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ކެޕްޓަނުންގެ މިވަޒީފާގައި މުސާރައަށް 6،295 ރުފިޔާ ދޭއިރު، ސާވިސް އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެ އެވެ. ޖުމްލަ މުސާރައިގެ ގޮތުގައި 15،000 ރުފިޔާއަށްވުރެއް ބޮޑު އަދަދެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ފޯމުތައް އީމެއިލްގެ ޒަރިއްޔާއިންވެސް  ބަލައިގަންނައިރު މިމަގާމަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ އަށްވަނަ ދުވަހެވެ.

މިދިޔަ ހަތް އަހަރު ތެރޭ ރައީސުލްޖުމުހޫރިއްޔާ ބޭނުން ކުރައްވާ ރިޔާސީ ލޯންޗްކޮޅުގެ ކެޕްޓަނުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ސިފައިންނެވެ. ޑިފެންސް މިނިސްޓްރީން އެގޮތަށް ނިންމީ ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލައި ދިން ހަމަލާއާއި ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ