- Advertisement -ad image

ބިލެއްދޫގައި ބުދު ހިފައިގެން އުޅުނު ބިދޭސީ ތިން މީހުންގެ ބަންދަށް 10 ދުވަސް

ad image

ގުޅުންހުރި ލިޔުންތައް

ފ ބިލެއްދޫގައި ބުދު ހިފައިގެން ރަށުތެރޭގައި ހިނގި ބިދޭސީ ތިން ފިރިހެނުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ބިލެއްދޫގައި މަސައްކަތްކުރާ ބިދޭސީންތަކެއް އެމީހުން އަޅުކަން ކުރުމަށް ބުދެއް ހަދައިގެން އުޅޭ ކަމުގެ މައުލޫމާތު މިމަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ބިދޭސީ ތިން ފިރިހެނުން ސެޕްޓެމްބަރު ތިން ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 39 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. އެމީހުންގެ ބަންދަށް 10 ދުވަސް ވަނީ މިއަދު ކޯޓުން ޖަހާފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މިމައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށްވެސް ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ