- Advertisement -ad image

ރައީސް ސާލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދު: މިނީ ބަހުގެ ހިދުމަތް ފެށުނީ 1300 އަށްވުރެ ގިނަ ދުވަސް ފަހުން މިއަދު

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވަން ވައުދުވެވަޑައިގެން މިނީ ބަހުގެ ހިދުމަތް މިއަދު ފަށައިފިއެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވައިގެން މިއަދާ ހަމައަށް 1300 އަށްވުރެ ގިނަ ދުވަހު އެމަނިކުފާނުގެ ވެރިކަމަށް ވީ އިރު މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވަނީ މިއަދު ހެނދުނުއެވެ.

އެގޮތުން މިއަދު މި ހިދުމަތް ފަށާފައިވަނީ ފަތިހު 5:45އިން ފެށިގެންނެވެ. 

މިނީ ބަހުގެ ހިދުމަތުގެ ފުރަތަމަ ދެ ހަފުތާ ދަތުރުތައް ހިލޭ ކުރާއިރު ދަތުރަކަށް ނެގުމަށް ނިންމާފައިވަނީ 7 ރުފިޔާއެވެ. ތިން ކެޓަގަރީއެއްގެ މީހުންނަށް މިނީ ބަހުގައި ހިލޭ ދަތުރު ކުރެވެއެވެ.

އެއީ އުމުރުން 65 އަހަރުން މަތީގެ މީހުނާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން ޔުނީފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނެވެ.

އާރްޓީއެލް ބަސް އަމީނީ މަގު ރޫޓާއި ސޯސަން މަގު ރޫޓާއި އޯކިޑް މަގު ރޫޓުން ދަތުރު ކުރާނެ އެވެ. އަދި މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ އެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ