- Advertisement -ad image

އަނެއްކާވެސް މެޔަށް ތަދެއް އަރައިގެން ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މެޔަށް ތަދެއް އަރައިގެން ޒުވާނަކު ކުއްލި ގޮތަކަށް އަނެއްކާވެސް ނިޔާވެއްޖެއެވެ.

އެގޮތުން ރޭ ނިޔާވެފައިވަނީ ތިމަރަފުށީ ކަށިމާގެ އުމުރުން 29 އަހަރުގެ އަހްމަދު ހުސާންއެވެ. ހުސާން ނިޔާވީ މެއަށް ތަދެއް އަރައިގެން ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އަހްމަދު ހުސާންއަކީ، ތިމަރަފުށި ކައުންސިލް އިދާރާގެ މުވައްޒަފެކެވެ.ހުސާންގެ ކަށު ނަމާދު އޮތީ މިއަދު ހެނދުނު 09:00 ގައި ތިމަރަފުށީ މަސްޖިދު ހަސަން ހާޖީގައެވެ.

އެ ރަށުން ވާހަކަ ދެއްކި ހުސާންގެ ގާތް މީހަކު ބުނީ މި ޒުވާނާ އަކީ މީހުނާއި ގުޅިގެން މަސައްކަތްކުރާ ހީވާގި މީހެއް ކަމަށެވެ.

ފަހަކަށް އައިސް ކުއްލި މަރުތައް ރާއްޖޭގައި ވަރަށް ގިނައެވެ. އެގޮތުން ކުޅިވަރު ކުޅެން ތިއްބާ ތަދުއަރައިގެން ވެއްޓުންފަދަ ކަންކަން ދަނީ އާއްމުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ