- Advertisement -ad image

ފުލުހުންގެ އިންޒާރެއް: މިނީބަހަށް ދަތިކުރާ އުޅަނދުތައް ޖޫރިމަނާކޮށް ޓޯ ކުރާނަން!

ad image

ގުޅުންހުރި ލިޔުންތައް

މާލޭގައި އިއްޔެ ފެށި މިނީބަހުގެ ބަސްތައް ދުއްވާ ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޖޫރިމަނާކޮށް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. 

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.

އއަދި ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހާނެ ކަމަށެވެ.

މީގެ އިތުރުން ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ރައީސް ސާލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މާލޭގައި މިނީބަސް ފެށުން ހިމެނޭއިރު މިނީބަހުގެ ހިދުމަތް ފަށާފައިވަނީ ވެރިކަމަށް 1300 އަށްވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ