- Advertisement -ad image

ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖު ހެދުމަށް ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމް ވިލިނގިލި ބޭރުން ފަރަށް އެރުމުން ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފިއެވެ. 

އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ބުނީ ފަރަށް އެރުމުން ފަރަށް ލިބުނު ބަލާ ސާވޭގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

އެހެންނަމަވެސް ފަރަށް ލިބުނު ގެއްލުން ބެލުމަށް ކުރާ ސާރވޭ ނިމޭނެ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް އީޕީއޭއިން ހާމަކުރެއެވެ. ކުރިން އީޕީއިން ބުނެފައިވަނީ ފަރަށް ލިބުނު ގެއްލުން ބަލަން ސާރވޭ ފެށުން ލަސްވެފައިވަނީ މޫސުން ގޯސްވެ އެ ސަރަހައްދަށް މޫދަށް އެރިއުޅެން އުދަނގޫވުމުން ކަމަށެވެ.

ޕްލެޓްފޯމް ފަރަށް އެރުމުން، ފަރުމައްޗަށް އެޅުނު ދަނގަޑުތައް އެފްކޮންސް އިން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނަގާ ސާފުކޮށްފައެވެ. ފަރަށް ލިބުނު ގެއްލުން ބެލުމަށް ފަހު އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެކަން އީޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ބްރިޖް ހަދާ ޕްލެޓްފޯމްފ ފަރަށް އަރާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާ ލިބި ފަރުވާދީފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ