- Advertisement -ad image

މަތިމައްޗަށް ދައުވާ އުފުލިއަސް ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވާނެ: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

މަތި މައްޗަށް ދައުވާ އުފުލިޔަސް ރައީސް އަބްދުﷲ ޔާމީންއަކީ މައުސޫމް ބޭފުޅެއްކަން ސާބިތުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދޮގު ހެކި ބަސް ނަގައިގެން ރައީސް ޔާމީން ފްރޭމް ކޮށް ޖަލަށް ލާން މަސައްކަތް ކުރި ނަމަވެސް އެކަން ﷲގެ އިރާދަފުޅުން ކާމިޔާބު ނުވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް ލައިވްކުރަނީ ދައުލަތަށް ގޮތް ހުސްވެގެން ކަމަށާ ހެކިބަސް ނަގަނީ ފާސިގުން ބޭނުންކޮށްގެން އެމީހުންނާ އެކު އެގްރިމަންމަންޓުތައް ހަދާ ގާނޫނު ނުދަންނަ އެއްބަސްވުންތަކުގެ ދަށުން ކަމަށެވެ.

” ރައީސް ޔާމީންގެ ޖާނީ ދުޝްމަނުން ބޭނުންކޮށްގެން ކިހިނެއްތޯ އެމަނިފާނާ ދެކޮޅަށް ހެކިބަސް ނެގޭނީ. ނަމަވެސް އެގެންދަނީ އެކަން ކުރަމުން. ސުޕްރީމު ކޯޓުން ވެސް ނިންމާފައިވަނީ އެމްއެމްޕީއާރުސީ މައްސަލައިގެ އެ ދެމީހުންގެ ހެކި ބަސް ނުނެގޭނެ ކަމަށް. އެކަމުވެސް ގޮން ޖަހާފަ އެދަނީ އެކަން ކުރަމުން” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ޝަރީއަތެއް ހިންގަން ބޭނުންވެސް ނުވާ ކަމަށާ ދައުލަތަށް ވެގެންވާ ނަމަ ރައީސް ޔާމީން ޖަލަށް ލާނީ ޝަރީޢަތަކާ ނުލާ ކަމަށެވެ. ދައުލަތުން ވަނީ އެމަނިކުފާނު ޖަލަށް ލާން އެހާ ވެސް ބޭނުންވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ