- Advertisement -ad image

ދައުލަތަށް ލިބެން އޮތް އެއްޗެއް ނުލިބިގެން ވާ، ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތް ނިންމާނީ ޝަރީއަތުން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް

ގާނޫނެއް މާނަ ކުރުމުގައި ފުަށު އަރައި ކަންތައްތަކެއް ހުރެ ދައުލަތަށް ލިބެންޖެހޭ އެއްޗެއް ނުލިބި ވާނަމަ އެކަމުގެ ޒިންމާ ނަގާނެ ފަރާތް ނިންމާނީ ޝަރީއަތުގެ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާަޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ އަމީރު އާއި ސުވާލު ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވަނީ ގްރީން ޓެކްސް ނެގުމުގެ ގާނޫނަށް ކުރިން ގެނައި ގުޅިގެން ދައުލަތަށް 600 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާތީ އެކަމުގެ ޒިންމާ ދައުލަތުން ނަގާނެތޯ ފިނޭންސް މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.
މި މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓަރ ވިދާޅުވީ ގާނޫނު މާނަ ކުރުން ފުށު އެރުމުގެ ސަބަބުން މިމައްސަލަ ހައްލު ކުރުމަށް މިހާރު މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި ވާނެ ކަމަށެވެ.
އަދި ކުރިން ފާސް ކުރި އިސްލާހަކީވެސް މަޖިލީހުގެ އިގުތިސާދީ ކޮމިޓީންވެސް ދިރާސާކޮށް ބެލުމަށް ފަހު ނިންމާފައި އޮތް ނިންމުމެއް ކަމަށާއި އެފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ