- Advertisement -ad image

ހުއްދަ ނޫން ކާކުލައެއް އަޅާފައި ހުރި އައިސްކްރީމް ޕައުޑަރެއް ވިއްކުން މަނާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ހުއްދަ ނެތް ކާކުލައެއް އަޅާފައި ހުރި އައިސްކްރީމް ޕައުޑަރެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްދާފައިވާ އިޓަލީވިލާތުގެ ‘ސްޓެއްލާ’ ބްރޭންޑްގެ އައިސްކްރީމް ޕައުޑަރ ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލަރޓް ސިސްޓަމްއިން ވަނީ އެ އޮތޯރިޓީއަށް އަންގާފައި ކަމަށެވެ.

އަދި މި އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.
ވީމާ ރައްކާތެރިކަމުގެ ގޮތުން ‘ސްޓެއްލާ’ ބްރޭންޑްގެ އައިސްކްރީމް ޕައުޑަރ ނުވިއްކުމަށާއި އެތެރެ ނުކުރުމަށާއި އަދި ބޭނުން ނުކުރުމަށް ފުޑް އެންޑް ޑުރަގު އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.،

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ