އައްޑޫ ސިޓީ ހިތަދޫ ކުޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ތިން ގަޑިއިރު ފަހުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން އެ އިދާރާއިން ބުނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ވަލުތެރޭގައި ރޯވި އަލިފާން، ރޭ 20:20 ހާއިރު ވަނީ ނިއްވާލާފައި ކަމަށެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައި ވަނީ 17:25 ހާއިރު އެވެ.