- Advertisement -ad image

މައްކާގައި އޮންނަ ގުރުއާން މުބާރާތުގައި ރާއްޖެ ތަމުސީލުކުރާ ދެ ބައިވެރިން ފުރައިފި

ad image

ގުޅުންހުރި ލިޔުންތައް

ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން” މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން ފުރައިފިއެވެ.

ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ހަމަޖެހިފައިވާ 2 ބައިވެރިންނާއި މި ބައިވެރިންގެ ބެލެނިވެރިން ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވަނީ ރޭ ދަންވަރުއެވެ.

މިފަހަރު ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ.

މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ އޮޑިޝަންއަކުންނެވެ. މި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2022 ގައެވެ.
ސެޕްޓެމްބަރު މަހު 10އިން 21 އަށް ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ’42 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން’ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާތީ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވަނަވަރު ހުށަހަޅަން ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލީ މެއިމަހުއެވެ.
މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 4 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބައިވެރިވާ ގޮފިތަކަކީ:

. 1 ގުރުއާން އެއްކޮށް ހިފްޒްކޮށްފައިވުމާއެކު، ރިވާޔަތާއި ދިޔާރަތާއެކު ސާތިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ 7 ގިރާއަތަށް ކީރިތި ގުރުއާން ތަޖުވީދުގެ މަގަށް ކިޔަވަން އެނގުން.

  1. މުޅި ގުރުއާން އެއްކޮށް ހިތުދަސްވެފައިވުމާއެކު ގުރުއާނުގެ މުފުރަދާތުތަކުގެ ތަފްސީރު އެނގުން
  2. މުޅި ގުރުއާން ހިތުދަސްކޮށްފައިވުމާއެކު ގުރުއާން ތަޖުވީފު މަގަށް ކިޔަވަން އެނގުން
  3. ވިދިވިދިގެން ތަރުތީބުން 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދު މަގުން ކިޔެވުމުގެ ގޮފި ކަމަށް އެ މަރުކަޒުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ