- Advertisement -ad image

އަންގާރަ ދުވަހު ބޯހިމެނުން ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

ސެންސަސް 2022 ނުވަތަ ބޯހިމެނުން އަންގާރަ ދުވަހު ފެށުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ބޯހިމެނުން ކުރިއަށް ދާނީ 13 ސެޕްޓެމްބަރުން ފެށިގެން 25 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މިއަހަރުގެ ބޯހިމެނުގައި މުޅިރާއްޖޭގައި 4،000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވާއިރު މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހަރަކާތްތެރިވާނެ އެވެ.
ބޯހިމެނުމުގައި ބައިވެރިވާ ހުރިހާ އެނިއުމަރޭޓަރުންގެ ތަމުރީނުތައް ނިންމާ މިހާރު ވަނީ ބޯހިމެނުގައި ބޭނުންކުރާނެ ތަކެތި ރާއްގެ ރަށްތަކަށް ފޮނުވަން ފަށައިފައެވެ.

ބޯހިމެނުމުގެ މިފަހަރުގެ ޝިއާރަކީ ‘އަހަރެންވެސް ބައިވެރިވާނަން’ މިއެވެ.
މިފަހަރުގެ ބޯހިމެނުމުގެ ޓީމުތަކުން އަންގާރަ ދުވަހުގެ ހެނދުނު 9 އަކުން ހަވީރު 6 އަކާ ދެމެދު ގޭގެ އަދި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތް ކުރާނެ ކަމަށާއި ތަޅުލާފައި ހުންނަ އިމާރާތްތަކަށް ވަނުމަށް މަގުފަހިކޮށްދިނުމަށް އެންބީއެސް އިން ވަނީ އެދިފައެވެ.

ބޯހިމެނުމުގައި ރަށްރަށުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ އަދަދު، އާބާދީ އިތުރުވާ މިންވަރު، ހިޖުރަ ކުރުން، އުމުރުފުރާތަކަށް އަންނަ ބަދަލު، ރަށުގެ އާބާދީގެ އިތުރުން އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ދެނެގަނެވޭނެއެވެ.
ބޯހިމެނުމަށް ތެދު މައުލޫމާތު ދިނުމަށް ތަފާސް ހިސާބުގެ ގާނޫނު ލާޒިމުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ