- Advertisement -ad image

ހަރުކަށި ފިކުރާއި ޑުރަގަކީ، އުފާ ފާގަތި ކަމަށް އެޅޭނެ އެންމެ ކަޅު ހިޔަނި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ހަރުކަށި ފިކުރާ ގޭންގް ކުށްތަކާއި ޑުރަގަކީ އުފާ ފާގަތި ކަމަށް އެޅޭނެ އެންމެ ކަޅު ހިޔަނި ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ލ ގަމުގައި މިއަދު ފެށި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މި ކޮންފަރެންސްގައި މަޝްވަރާކޮށް ރަނގަޅު ހިޔާލުތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި އުދުއްސައިގަނެވޭނެ ޖަޒީރާ ރާއްޖޭގެ ތަރައްގީ ކަމަށެވެ.
އަދި މިކަމުގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް، އެރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގައި އުފާފާގަތި ކަމުގައި ޢާއިލާ ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި ދުވަހަކު ވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ފަރާތަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ‏ކައުންސިލް ތަކުގެ ހިންގުމާ ރަށުގެ ތަރައްޤީއާ، އިޖްތިމާޢީ ހުރިހާ ކަމެއްގައި، އަންހެނުންގެ ބައިވެރިވުމާ ޝާމިލްވުން އަދިވެސް ވާންޖެހެނީ ބޮޑު ކަމަށާއި މައްސަލައެއް ހައްލު ކުރުމަށް، ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގާވިޔަސް، އަންހެނުންގެ ދައުރު ވީއެންމެ ފުޅާ ދާއިރާއެއްގާ އޮންނަންޖެހޭ ކަމަށެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، އަދި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ މޭޔަރުންނާއި ކައުންސިލް ރައީސުންގެ އިތުރުން އ.ތ.މ. ކޮމިޓީގެ ރައީސާއިން ބައިވެރިވެ ވަޑައިގަންނަވާ. އަދި، ވަޒީރުންނާއި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ