- Advertisement -ad image

ތޯރިގް ފުލުހުންނަށް: ގޭންގްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރެވުނީ ކިތައް މައްސަލަ؟

ad image

ގުޅުންހުރި ލިޔުންތައް

ގޭންގްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިހާތަނަށް ފުލުހުންނަށް ތަހުގީގު ކުރެވުނީ ކިތައް މީހުންގެ މައްސަލަތޯ މަހިބަދޫ ދާއިރާ މެންބަރު އަހުމަދު ތޯރިގު ސުވާލު އުފައްދަވައިފިއެވެ.
މިހާރު ލ ގަމުގައި ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުން ކުރާ 933 މީހަކު އެބަތިއްބެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި 403 މީހަކު ހަރަކާތްތެރިވާއިރު، މަސްތުވާތަކެއްޗާ ގުޅުން ހުރި 1112 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެ އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ އެންމެ ގިނަ މީހުންނަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. 50 އަހަރުން މަތީގެ 106 މީހަކު ވެސް ބޭނުން ކުރާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ތޯރިގު ވަނީ، ޤާނޫނުގައި ސާފުކޮށްއޮތް ކަމެއް ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
އަދި ގޭންގްތައް ހުއްޓުވުމުގެ ޤާނޫނަށް 12 އަހަރުވީއިރު އެޤާނޫނުގެ ދަށުން ކިތައްމީހުންގެ މައްސަލަ ތަޙްޤީޤްކުރެވުނުތޯ ތޯރިގު ސުވާލު ކުރައްވާފައިވެއެވެ.
މީގެ އިތުރުން ޕީޖީއަށް ފޮނުވީ ކިތައް މައްސަލަތޯ އާއި ޕިޖީ، އެޤާނޫނުން ކިތައް މީހުންނަށް ދައުވާކުރިތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ގޭންގް ކުށްތައް މަނާ ކުރުމާއި ބެހޭ ގާނޫނުގައި ބުނެފައިވަނީ ގައިރު ގާނޫނީ އަމަލެއް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށް ވުމަކީ ކުށެއް ކަމަށެވެ.
އަދި އެއްވެސް ގޭންގެއްގެ ލީޑަރުކަން ކުރުމަކީ ނުވަތަ ލީޑަރެއްގެ ދައުރު އަދާކުރުމަކީވެސް ކުށެއް ކަމަށެވެ.
މިމާއްދާގެ ހ ގެ ދަށުން ކުށެްް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ