- Advertisement -ad image

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ އިންތިހާބުތައް އަހަރަކު އެއްފަހަރު ބާއްވަން މަޖިލީހަށް އިސްލާހެއް

ad image

ގުޅުންހުރި ލިޔުންތައް

ލޯކަލް ކައުންސިލްތަކާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން މެންބަރުން ހޮވުމަށަ ބާއްވާ އިންތިޚާބުތައް އަހަރަކު އެއްފަރު ބާއްވާ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށާއި، އިންތިޚާބާއި ބެހޭ ޤާނޫނަށް މިއިސްލާހުތައް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެއެވެ.
މި އިސްލާހުގައި ޤާނޫނުގައި މިހާރު ބުނެފައިވާ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާއިރު އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ.
ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެންވެސް ކަމެއް ދިމާވެގެން ކައުންސިލްގެ ގޮނޑިއެއް ނުވަތަ ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވެއްޖެނަމަ އަވަސް އަވަހަށް އިންތިހާބު ބާއްވަން ޖެހުން މިއީ އިލެކްޝަނުންވެސް ކަންބޮޑުވުން ފާޅު ކުރަމުންދާ މައްސަލައެކެވެ.
އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ