- Advertisement -ad image

ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް

ad image

ގުޅުންހުރި ލިޔުންތައް

އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު 2 ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރާނީ އެލިޒަބަތު އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ރާނީ އެލިޒަބަތު ފަސްދާނުލުމުގެ ކަންކަން ކުރިއަށްދާނީ އަންނަ ހަފުތާ ހޯމަދުވަހުއެވެ. މި ޖަނާޒާގައި އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޖަނާޒާ އޮންނަ ތަނުގެ ޖާގައިގެ ދަތިކަމުން ޝާހީ އާއިލާއިން އެދިފައިވަނީ އެ ޖަނާޒާގައި ބޭރުގެ ޤައުމުުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުންނާއެކު ވަފުދުތައް އެ ކަމަށް ނުގެންދެވުމަށެވެ.

ރާނީ އެލިޒަބަތު އަވަހާރަވީ އުމުރުފުޅުން 96 އަހަރުފުޅުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ