- Advertisement -ad image

ފައިލްއެއް ހިފައިގެން ތިމަންނާއި މިއައީ ބޯހިމަނަންށޭ ބުންޏަސް ގެއަށް ނުވައްދާތި!

ad image

ގުޅުންހުރި ލިޔުންތައް

ފައިލް ހިފައިގެން ތިމަންނާއި މިއައީ ބޯ ހިމަނަންށޭ ބުންޏަސް ގެއަށް ނުވެއްދުމަށް އިލްތިމާސްކޮށްފިއެވެ.
ސެންސަން 2022 މޯލްޑިވްސްއިން ބުނެފައިވަނީ ގެއަށް ވެއްދުމުގެ ކުރިން ބޯހިމަނަން ގޮސް ހުރީ ރަނގަޅު ކެންޑިޑޭޓެއްތޯ ޔަގީން ކުރުން މުހިންމު ކަމަށެވެ.
އެގޮތުން https://candidates.census.gov.mv/ މި ލިންކް މެދުވެރިކޮށް ސެންސަން 2022 ގެ ކެންޑިޑޭޓެއް ތޯ ޔަގީން ކުރުމަށް އެދޭ ކަމަށެވެ.

ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ. މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14 ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްޞީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށެވެ. މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ