- Advertisement -ad image

ހެޔޮވެރިކަމުގެ އަލާމާތެއް، ޖެނުއަރީން ފެށިގެން ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ދައުލަތް ހިންގުމަށާއި މާލީ ހާލަތު ރަނގަޅު ކުރުމަށް އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ފިނޭންސް މިނިސްޓްރީންވެސް ބުނެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބޭކާރު ހަރަދުތައް ކުޑަ ކުރުންމަދު ކުރުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒު އަނެއްކާވެސް މިއޮތީ ޓެކްސްތައް ބޮޑު ކުރުމާއި ދިމާލަށެވެ.
މިއީ އެ ބުނާ ހެޔޮވެރިކަމުގެ އަލާމާތެއް ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. މި މައއކާރު ސަރުކާރުން އެ ބުނާ ހެއޮވެރިކަމަކީ ރައިއްޔަތުންގެ ކަރުގިލޭވެސް ފޭރުންކަން މިހާރު ވަރަށް ސާފު،
    ސިޔާސީ ވަޒީފާތައް އިންތިހާއަށް އިތުރުކޮށްފި އެބައިގަނޑަށްވެސް މުސާރަ މި ދެނީ ރައިއްޔަތުން ލޫޓުވައިގެން، މިހިޔަޅު ބުއްދި ސަރުކާރުން ކުރާ ތަރައްގީއަކީ ހަމަ ފޭރުން، ވެރިކަމަށް އެރީވެސް ހަމަ ވޯޓުތައް ފޭރިގެން، ކައްޗަށްއެޅި ބިންގާ ކެއްޗާ ހަމައަށް އެރިަސް އޮންނާނީ ހަމަ ކައްޗަށް.

  2. ނުލަފާ ޖައްބާރުން ތިބޭ އެކަމަކު މިކަހަލަ ނުލަފާ ޖައްބާރު ވެރިއެއް އަދިއެއް މިގައުމުގައި ވެރިކަން ކޮށްފައެއްނެތް. ރައްޔިތުންގެ މަޖްލިހަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްފާނެ ނިކަމެތިކަމަކުން ރައްޔިތުން ސަލާމަތް ކުރަން އޮންނަ މަޖްލިހަކަށް ވާއިރު ތިމަތިމާމެން މަޖްލިހަށް ހޮވައިދިން ދާއިރާގެ ރައްޔިތުންނަށް ވެސް ނިކަމެތިކަން ލިބޭގޮތަށް މަޖްލިހުގެ މެންބަރުން މިފަދަ ބިލްތައް ހުށަހެޅުމަކީ ބަތާހަރާމީވުން. މާތްﷲ މިނުބައި ވެރިމީހާ އާއި އޭނާގެ ވާގިވެރިން އިތުރަށް އަޅަމެންގެ މައްޗަށް ވެރިނުކުރައްވަވާ ފާނދޭވެ. އާމީން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ