- Advertisement -ad image

ޑިމޮކްރަސީއަށް މަސައްކަތް ކޮށް ކޮށް އަޅުގަނޑު ކަޅުވެއްޖެ: ޖާބިރު

ad image

ގުޅުންހުރި ލިޔުންތައް

ޑިމޮކްރަސީއަށް މަސައްކަތް ކޮށް ކޮށް މީހާ މުޅިން ކަޅުވެއްޖެ ކަމަށާއި މަޖިލީހަށް ފުރަތަމަ ވެންވިއިރު ހުންނެވީ ވަރަށް ދޮންކޮށް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ބުރަ މަސައްކަތް ކުރާމީހުން ކަޅުވާނެ ކަމަށާއި އެއީ ހޭންޖެހޭ ކަމެއް ނޫން ކަމަށެވެ.
“ މަސްވެރިންނަށް އެއްޗެއް ދޭން ވެއްޖެއޭ. މިއަދު އަޅުގަނޑުމެން އަތުގައި އޮތް ރެޕްރެޒެންޓޭޓިވް ހަނިކުރަން އެ އުޅެނީ. މަސްވެރިންގެ ހަ މީހުން މިތާ ތިބެންވާނެ. ޖާބިރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ފެނިގެން މިދަނީ އެންމެ ވިޔަފާރިވެރިއަކު ސަލާމަތް ކުރުމަށް މުޅި ދައުލަތް ވަށައިގެން އެނބުރޭ ތަން ކަމަށެވެ. އަދި އެކާވީސް ވަނަ ގަރުނުގައި ހިސާބު ދާންޖެހޭނީ ކުރިއަށް ކަމަށާއި ހިސާބު ފަހަތަށް ގެންދަން މީހަކު މަސައްކަތް ކުރާނަމަ އެއީ މައްސަލައެއް ކަމަށް ޖާބިރު ވިދާަޅުވިއެވެ.

އާބާދީ އިތުރުވާ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް، ގާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް، މިހާރު ތިބި އަދަދުގައި ހިފަހައްޓަން، މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.
މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އަދި ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަނީ ކުރިން 48 މެންބަރުން މަޖިލީހުގައި ތިއްބެވި އިރު ގަނެލަން ފަސޭހަވެފައި މިހާރު 87 މެންބަރުން ތިއްބެވުމުން ކުރަން ޖެހޭ ހަރަދުގެ ބޮޑު ކަމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ