- Advertisement -ad image

ފުލުހުންނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ފަސްމީހަކު ފިލާ ތިއްބާ ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ ހުކުރު ދުވަހު މަގުމަތިން ތިން ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ތިން ފުލުހުން އޮފް ޑިއުޓީގައި ތިއްބާ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުން ހައްޔަރު ކުރީ ފިލާ ތިއްބާ ކަމަށެވެ.
އަދި ރާވައިގެން ކުށްތައް ހިންގާ ގުރޫޕުތައް ހުއްޓުވަން ފުލުހުން ފަސް ނުޖެހޭނެ ކަމަށާއި ހަމަލާދިން މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
މިމައްސަލާގައި ސީޕީ މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ތިން ފުލުހުންނަށް ހަމަލާ ދިނީ ޑިއުޓީގައި ތިއްބާ ނޫން ކަމަށާއި ހަމަލާދީފައި ވަނީ ހެންވޭރުގައި އޮންނަ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ ބަޔަކު ކަމަަށެވެ.
އަދި ސީޕީ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށާއި ރާވައިގެން ހިންގާ ކުށްތައް ކުރާ މީހުން ހޯދުމަަށް ކުރާ މަސައްކަތް ފުލުހުން ހުއްޓާނުލާނެ ކަމަށެވެ.،

މިމައްސަލައާއި ގުޅިގެން މީގެ ކުރިންވެސް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ފުލުހުންނަށް ހަމަލާ ދިނުން ކުށްވެރިކުރަން. ނަމަވެސް ތި މައްސަލައިގައި ކުށްވެރިވަނީ ފުލުހުން. ޣޭންގުތާކާ ފުލުހުން ގާތް ގުޅުން ބާއްވާ. އެދުވަހުގެ އަމަލުތައް ދުށް މީހެއްގެ ހައިސިއްޔަތުން ދެންނެވޭނީ ފުލުހުން ބަޔަކުގައިގައި ތަޅައިގެންފައި ވިކްޓިމް ކާޑު ކުޅެނީއޭ. ޠުނީފޯމުގެ ނިވާފަތްގަނޑިގައި ތިބެގެން ފުލުހުން މިިހިންގާ ޖަރީމާތައް ހުއްޓުވަން އެބަޖެހޭ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ