- Advertisement -ad image

ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެފައި ހުރި މީހަކު ސަރުކާރުގެ އެއްވެސް މަގާމެއްގައި ނުހުންނާނެ: ތަރުޖަމާނު

ad image

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުގެ މަގާމެއްގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުވެފައި ހުރި މީހަކު ނުހުންނާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުފައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރައީސް ކޮރަޕްޝަނަށް ގެންގުޅުއްވަނީ ޒީރޯ ޓޮލަރެންސް ކަމަށާއި އެ ސިޔާސަތު ބަދަލުނުކުރައްވާ ކަމަށެވެ.

މިއުވާނު މިހެން ވިދާޅުވި އިރު މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަލީ އިކުރާމަށް ކޮރަޕްޝަންގެ ތުހުމަތުތައް ވެފައިވަނިކޮށް މަޤާމުން އިސްތިއުފާ ދިނުމުން އޭނާ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަނުކުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އިކުރާމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. އޭރު އިކްރާމް ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގައި ފިޔަވަޅެއް ނޭޅޭނެ ކަމަށް ވިދާޅުވެ، ކުންފުނީގެ މުވައްޒަފުންނަށް ބިރުވެސް ދައްކައިފައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ދުލަކު ކައްޓެއް ނުވިދޭނެ ކޮންއެއްޗެއްވެސް ބުނެވިދާނެ، ބުނާވާހަކަ ތަކާ އިވޭ އަޑުތަކުން ތި ސަރުކާރުގެ ރައީސް ވަޒީރުން އަމީރުން ފެށިގެން އެންމެ ދެރަ މީހާއަށް ދާންދެން ތި ވިދާޅުވާ ކޮރަފުޝަނެއްގާ ބަދެވިފާ ވަނީ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ