- Advertisement -ad image

ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރު ކޮށްގެން ނުވާނެ – ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

އަހަރެމެންގެ ތެރޭގައި ހިޔާލުތަފާތުވާ ކޮންމެ މީހަކު ކާފިރަކަށް ހަދައިގެން ނުވާނެކަމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގެ މައުޟޫއަކީ ދެބަސްވުމުގެ އަދަބުތަކެވެ. ހުތުބާގައިވަނީ اللہ تعالی ގަސްގަހާގެހި އަދި ދޫނިސޫފާ ސޫފި އެއްގޮތަކަށް ތިބޭނަމަ އޭގެ ރީތިކަމެއް ނުފެންނާނެ ކަމަށެވެ. އަދި އެންމެހާ އިންސާނުން އެއްގޮތަކަށް ހަލްޤުކޮށް އެއްގޮަތަކަށް ކައިބޮއި އުޅޭނަމަ މި ހަޔާތުގެ މީރުކަމާއި ފޮނިކަން ނެތި ހިނގައިދާނެކަމަށެވެ.

އަދި އިންސާނުންވެސް އެކި ޖިންސް އަދި ގިންތި ތަކަށް އުފެއްދެވީވެސް އޭގެ މޮޅު ވިސްނުމާއި ހަރުދަނާ ހިޔާލުތައް ހޯދުމަށްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ދީނުގެ ކަންތައްތަކުގައި ޖަދަލުކުރުމަށް މުއާމަލާތް ކުރެއްވި ގޮތާއި ރިވެތި ސުލޫކުތަކަށް ބެލުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

ހމައެހެންމެ ހިޔާލުތަފާތު ވިޔަސް ވާހަކަދެއްކުމުގައި ބޭނުންކުރަންޖެހޭ އަދަބުތަކުގައި ހިފެހެއްޓުމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެކަކު އަނެކަކުގެ އަބުރު ކަތިލުމާއި، އިއްޒަތާއި ކަރާތަމަށް އަރައިނުގަތުމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ރަޢުޔު ތަފާތު ވުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަމުގައި ރެނދުއެޅުނަ ދީގެން ނުވާނެކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި ދީނީ ބަހުސްތަކުގައި ބަހުސްކުރާއިރު އެ މައްސަލައަކައި ބެހޭގޮތުން ދީނީ އިލްމުވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ މިފަދަ ބަހުސްތައް ކުރިއަށް ނުގެންދިއުމަށް ވަނީ ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ