- Advertisement -ad image

މާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ އަދި ހުޅުމާލޭގައި ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނީ ބޯހިމެނުން 13 ސެޕްޓެމްބަރުގައި ފެށިފައިވާއިރު ބޯހިމެނުމުގެ ލިސްޓިންގެ މަސައްކަތް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފިޔަވާ މިހާރު ވަނީ ނިމިފައި ކަމަށެވެ.
މިގޮތުން މާލެ އަދި ހުޅުމާލޭގެ ލިސްޓިންގ ނުނިމިހުރި ސަރަހައްދުތަކުގައި މާދަމާގެ ނިޔަލަށް ލިސްޓިން މަސައްކަތް ކުރިއަށް ދާނެ ކަމަށާއި ބޯހިމެނުމުގެ ތަފްސީލު މައުލޫމާތު ނެގުން މިމަހުގެ 27 ގެ ނިޔަލަށް އެ ބްލޮކްތަކުގައި ކުރިއަށްދާނެ ކަމަށެވެ.
އަދި މިގޮތަށް ދިމާވީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުގެ ސަބަބުން ކަމަށް އެންބީސީން ހާމަކުރެއެވެ.
ބޯހިމެނުމުގެ މައުލޫމާތު އެއް ކުރަަ ޓީނުތަކުން ހަރަކާތްތެރުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން ރޭގަނޑު 7 އަށް ކަމަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ހެނދުނު 9 އަކުން 11 އަށް އަދި 14:30 އިން ރޭގަނޑު 7 އަށް ކަމަށް އެންބީސީން ހާމަކުރެއެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ރޭގަނޑު ގަޑީގައި ޓީމުތަކުން މަސައްކަތްކުރާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ