- Advertisement -ad image

އެހެން ޕާޓީތަކަށް ވައްދާފައިވާ ޕީޕީއެމްގެ މެންބަރުން އެ ޕާޓީއަށް އިއާދަކޮށްދޭން އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާފައިވާ ހުރިހާ މެންބަރުން އަނބުރާ ރުޖޫއަކޮށްދިނުމަށް ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގައި މިއަދު އެދިއްޖެއެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕުގެ ފަރާތުން މިއަދުވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވީ އެ ޕާޓީން އެތައް ހާސް މެންބަރުންނެއް ވަގަށް އެހެން ޕާޓީތަކަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތަށް ގެންގޮސްފައިވާ މެންބަރުންނަކީ ކޮބައިކަން ސާފުުކުރެއްވުމަށްފަހު މިއަދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ކިބައިން އެ ބޭފުޅުން އެދިވަޑައިގަތީ އެ ޕާޓީން ވަގަށް ގެންގޮސްފައިވާ ހުރިހާ މެންބަރުން އަލުން އެ ޕާޓީއަށް ރުޖޫއަކުރަން ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި ހުރިހާ ޕާޓީއަކަށްވެސް ވަގަށް ޕީޕީއެމްގެ މެންބަރުން ގެންގޮސްފައި އެބަހުއްޓެވެ. ނަމަވެސް އޭގެ ތެރެއިން ތިން ޕާޓީއަކަށް ޕީޕީއެމްގެ މެންބަރުން ބޮޑެތި އަދަދުތަކުން ގެންގޮސްފައިހުރިކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕާޓީތަކަކީ ކިރިކިރިޔާ ޤާނޫނީ އަދަދު ހަމަވާ ޕާޓީތަކެއް ކަމަށާއި، އެ ޕާޓީތަކުގައި ތިބި ޕީޕީއެމް މެންބަރުން އުނިކޮށްފިނަމަ އެ ޕާޓީތަކުގައި ހަމަވާންޖެހޭ އަދަދަށް މެންބަރުން ހަމަނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ