- Advertisement -ad image

މައްކާގައި ކުރިއަށްދާ ގުރުއާން މުބާރާތުގެ ދެވަނަ ބުރަށް ނަބީހު ހޮވިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

“ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން” މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ނަބީހު ދެވަނަ ބުރަށް ހޮވިއްޖެއެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ބުނީ 42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް މުބާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދެބައިވެރިން ފުރަތަމަ ބުރުގައި ކިޔަވައިނިމި، ދެވަނަ ބުރާއި ފައިނަލްބުރަށް އަޙްމަދު ނަބީހު ޢަބްދުލްޤާދިރު ވަނީ ހޮވިފައި ކަމަށެވެ.
111 ޤައުމަކުން 153 ބައިވެރިން ބައިވެރިވި މި މުބާރާތުގެ ފައިނަލް ބުރަށް ނަބީހު ހޮވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ މަރުކަޒުން ހާމަކުރެއެވެ.


ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ހަމަޖެހިފައިވާ 2 ބައިވެރިންނާއި މި ބައިވެރިންގެ ބެލެނިވެރިން ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
މިފަހަރު ރާއްޖެ ތަމްސީލުކުރަން ސައުދީއަށް ދިޔައީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ