- Advertisement -ad image

މާލޭގެ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ގ.ޒަމާނީ މަންޒިލްގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 14:45 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު ފަޔަމަނުން ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ މިއަދުގެ 15:13 ހާއިރު ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.


އެ އިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ރޯވެގެން ހިނގި ކަމަށް ބެލެވޭ މި އަލިފާނުގެ ހާދިސާގައި އެ ކޭބަލްތަކާއި، އިލެކްޓްރިކް ސަރކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ