- Advertisement -ad image

ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ގއ. ގެމަނަފުށިން ފުރައިގެން ގއ. ކަނޑުހުޅުދުއަށް ދަތުރުކުރި އެމްޓީސީސީގެ (އާރްޓީއެލް) ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެ އެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އެ އަތޮޅު ކަނޑުހުޅުދޫ ހީނާމާގެ، އިރުފާން އަލީއެވެ.

ފުލުހުން ބުނީ ގއ އަތޮޅު ފެރީގައި ހުރި މީހަކު ގެމަނަފުށީ ނެރުކައިރީ މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު 17:45 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ މޫދުން ނަގައިގެން ގެމަނަފުށީ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ