ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދާ ޒުވާނާ އަދިވެސް ނުފެނެއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ މީހާގެ ހަބަރެއް އަދިވެސް ނުވާ ކަމަށެވެ. އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ފުލުހުން ރޭ ބުނީ ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދަނީ މުހައްމަދު އަޒުހާން ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށެވެ.
އަޒްހާން ގެއްލިގެން އުޅޭކަން ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 06:00 ހާއިރުކަމަށް ފުލުހުން ބުނެއެވެ.
އަދި އެންމެ ފަހުން ފެނުނު އިރު އޭނާ ލައިގެން ހުރީ މާޖެހި ޕިންކު ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އަޒުހާނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަންމަރު 9393351އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.



