- Advertisement -ad image

ރިޔާސީ ވައުދަކަށް ވާނީ މެނިފެސްޓޯގާ ލިޔެފައި އޮންނަ އެއްޗެއް، ރައީސް ދައްކަވާ ވާހަކަތަކެއް ނޫން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ކޮންމެ ބައެއްގެ ވެސް ރިޔާސީ ވައުދަކަށް ވާނީ މެނިފެސްޓޯގާ ލިޔެގެން ރައްޔިތުންނަށް ދައްކާ އެއްޗެއް ކަމަށާއި ރަށްރަށަށް ވަޑައިގެން ރައީސް ދައްކަވާ ވާހަކަފުޅުތައް އެއީ ވައުދު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހައުސިން މިނިސްޓަރު އަސްލަމާ މެންބަރުން ސުވާލު ކުރައްވާފައެވެ.
އެގޮތުން ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އާމިރު އޭނާގެ ދާއިރާގެ ރަށްތަކުގައި ޕްރޮޖެޓްތައް ނުހިނގާ ކަން ފާހަގަ ކުރައްވެވިއެވެ. އަދި ކެމްޕެއިން ދުވަސްވަރު އެރަށްތަކަށް ވަޑައިގެން ކޮށްދެއްވަން ވިދާޅުވި އެއްވެސް ކަމެއް މިއަދާ ހަމައަށްވެސް ވަނީ ނުފެށި ކަމަށް އާމިރު ވިދާޅުވިއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، އާންމު އުސޫލެއްގެ ގޮތުން ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދުތަކަކީ އެ ޕާޓީގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް ކަމަށެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އެކި ރަށްރަށަށް ވަޑައިގެން ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކަކީ ވައުދުތަކުގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ